ކައިވެނީގެ އެއްވެސް ކަމެއް އާންމުންނަށް ނާންގައި ސިއްރު ނުކުރާނެކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާރްތް މަލްހޯތްރާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިޔާ ވަނީ ސިދާރްތް އާއި އޭނާގެ ލޯބިވެރިޔާ ކިއާރާ އަދްވާނީގެ ލޯބގެ ގުޅުުމާއި ގުޅިގެން ސުވާލުކޮށްފަ އެވެ.
އެގޮތުން ދެތަރިންވެސް ކައިވެނި ކުރަން ވިސްނާފައިވޭތޯ އާއި، ކައިވެނި ކުރަން ވިސްނާފައިވާނަމަ، އެކަން ކުރާނީ ކޮން އިރަކުންތޯ އޭނާ ސުވާލުކޮށްފައިވެ އެވެ. އެސުވާލަށް ޖަވާބުދެމުން ސިދާރްތް ބުނީ، ކައިވެނި ކުރަން އަދި ވިސްނާފައި ނެތްކަމަށެވެ.
ހަމައެހެންމެ އޭނާގެ ކައިވެންޏާއި ގުޅޭ އެއްވެސް ކަމެއް އާންމުންނަށް ސިއްރު ނުކުރާނެކަމަށާއި، ކައިވެނީގެ ހުރިހާކަމެއްވެސް އާންމުންނާއި ހިއްސާކުރާނެކަމަށް ސިދާރްތް ބުނެފައިވެ އެވެ.
އޭގެ އިތުރުން ކިއާރާއާ އެކީގައި ލޯބީގެ ފިލްމެއް ކުޅެން ކުރިއަށް އެބަ އޮތްތޯ ސުވާލު ކުރުމުން ސިދާރްތް ބުނީ ކިއާރާއާ އެކީގައި ކުރިއަށް ބައެއް މަސައްކަތްތައް އެބައޮތް ކަމަށެވެ. އަދި ފިލްމުތަކުގެ މަސައްކަތް ރަސްމީކޮށް ދެތަރިންނާއި ހަވާލުކުރުމާ އެކު އެކަން އާންމުންނަށް އަންގާނެކަމަށް ސިދާރްތް ބުނެފައިވެ އެވެ.
މިހާތަނަށް ސިދްހާރްތް އާއި ކިއާރާ، އެދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ދެފަންނާނުންގެ ގުޅުމުގެ ވާހަކަތައް އިންކާރުކޮށްފައެއް ވެސް ނުވެ އެވެ.
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
