ނައިބް ރައީސް ފައިސަލް ނަސީމް ކުޅުދުއްފުއްޓަށާއި ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ނައިބް ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ އެވެ.
މިދަތުރުފުޅުގައި ނައިބު ރައީސް ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން ބިޔަ މަޝްރޫއެއް ފަށަނީ
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟