އެއްޖިންސުން ގުޅުންހުންގާ ލިވާތުކުރި ކަމުގެ ތުހުމަތުގައި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ހައްޔަރު ކޮށްފި އެވެ.
ނަސީރު ހައްޔަރު ކުރީ މިއަދު މެންދުުރު ފަހު އެވެ. ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ނަސީރު މިއަދު ހައްޔަރުކޮށްފައިވާއިރު އިއްޔެ ފުލުހުންވަނީ އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އޮފިސަރެއް ކަމުގައިވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ހައްޔަރުކޮށްފަ އެވެ.
ނާޒިމް ސައްތާރާއި ނަޝީދުގެ ބަންދަށް މިއަދުވަނީ 7 ދުވަސް ޖަހާފަ އެވެ.
އީރާނުގެ ޔޫރޭނިއަމް އެމެރިކާ ބެލުމުގެ ދަށަށް ގެންދާނަން: ޓްރަމްޕް
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން
ކުޑަ ދަރިފުޅަށް ކާން ދޭން އުނދަގޫތަ؟