ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން އެކަމާ ދެކޮޅަށް މާލޭގައި ދިރިއުޅޭ ސްރީލަންކާ މީހުން ކުރި މުޒާހަރާގައި ހައްޔަރުކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ ލަންކާ ރައްޔިތުން ކުރި މުޒާހަރާގައި ހައްޔަރުކޮށްފައިވަނީ ލަންކާ ފިރިހެނެކެވެ. ނަމަވެސް އޭނާ އެކަނި ހައްޔަރުކުރީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ. އެމީހާ މިހާތަނަށް އައިއިރު ދޫކޮށްލާފައެއް ނުވެ އެވެ.
ކާނިވާ ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާގައި ދިވެހީން ވެސް ބައިވެރިވި އެވެ.
އެ މުޒާހަރާގެ ބައިވެރިން ވަނީ ލަންކާގެ ރައީސް ގޯޓަބަޔާ ރާއްޖެ އެތެރެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެ އެމަނިކުފާނަށްވެސް ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.
ފިލައްވައިގެން ރާއްޖެއަށް އައުމަށްފަހު މިއަދު ގޮޓަބަޔަ ވަނީ ރާއްޖެއިން ފުރާފަ އެވެ.
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި
މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ