ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ރަށްފަޅުހުރާ ގައި ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަމަނުޖެހުމުގެ މައުލޫމާތު މިއަދު 13:20 ހާއިރު ލިބުމާއެކު އެ ރަށަރަށް ފުލުހުންގެ ޓީމެއްގޮސް ކުރި މަސައްކަތުން ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ހަމަނުޖެހުން ހިންގާފައިވަނީ ކޮވިޑް-19އާ ގުޅިގެން ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓްގެ ފަރާތުން މުވައްޒަފުން ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަންކަމާ މެދު ހިތްހަމަނުޖެހިގެންކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރަށްފަޅުހުރާ އިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑް-19 އަށް ވެސް ޕޮޒިޓިވްވެފަ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
