ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ފްލޯއިން ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގެ ތިން ވަނަ ފްލޯއިން އަންހެނަކު ވެއްޓިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކުން ވެސް އެ އަންހެން މީހާއަށް ލިބުނު އަނިޔާއެއް ފެންނާކަށް ނެތެވެ.
ހުޅުމާލެ ފްލެޓަކުން ދާދިފަހުން ކުޑަކުއްޖަކު ވެއްޓި އަނިޔާވެފައިވެ އެވެ. އެކަމަކު އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
ގެއްލުނު މީހުން ދޯނީގައި ތާށިވެފައި ތިބިތޯ ނުބަލާތީ ފާޑުކިޔަނީ
ޖޯ ބައިޑަންގެ ކެންސަރު އިތުރަށް ފެތުރި އުޅުއްވަނީ ވަރަށް ވޭނުގައި
