އަތްފައިން ލޮނުދާ ހިއްލުމަކީ އާއްމުކޮށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. މިކަމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަމަށް އުނދަގޫވާ ހިސާބަށްދާ ފަހަރު ވެސް އާދެ އެވެ. އެ ފަރާތްތަކަށް މިއޮތީ ހައްލެކެވެ.
ބޭކިން ސޯޑާ
ބޭކިން ސޯޑާގައި އަލްކަލައިން ނަމަކަށްކިޔާ ގުދުރަތީ މާއްދާއެއް އެކުލެވެ އެވެ. މި މާއްދާގެ ސަބަބުން ހަތަރެސްފައިގައި ދާހިއްލުން ކޮންޓްރޯލް ކޮށްދެ އެވެ. ތާފަނާ ފެން އެއްޗަކަށް ދޭއް ނުވަތަ ތިން ސަމުސާ ބޭކިން ސޯޑާ އަޅައި ރަނގަޅަށް އެއް ކޮށްލުމަށްފަހު އެ ފެން އެތީގެ ތެރެއަށް އަތް ލައިގެން ފަނަރަ ވަރަކަށް މިނެޓު މަޑުކޮށްލާށެވެ. އަދި އެއަށްފަހު އަތްތިލަ ހިއްކާލާށެވެ.
ފިނި ފެން
ފިނި ފެން ނުވަތަ ރޯޒް ވޯޓާއަކީ ރާއްޖޭގައި އާއްމުކޮށް ގަންނަން ލިބޭ އުފެއްދުމެކެވެ. ކުޑަ ކަފަ ކޮޅެއް ފިނި ފެނުން ތެންމާލުމަށްފަހު އަތްތިލައިގައި އުނގުޅާށެވެ.
ސައިފަތް
ސައިފަތަކީ ގުދުރަތީ ގޮތުން އެންޓި ޕާސްޕިރެންޓެއް އެކުލެވޭ އެއްޗެކެވެ. ހޫނު ފެންތައްޓެއްގެ ތެރެއަށް ދެތިން ޕެކެޓް ސައިފަތް ލުމަށްފަހު، އިރުކޮޅަކު ބަހައްޓާށެވެ. އެއަށްފަހު އެ ސައިފަތް ޕެކެޓުތައް އަތުގައި އުނގުޅާށވވެ. 20 ވަރަކަށް މިނެޓު މިކަން ކޮށްލުމުން އަތްތިލަ ދާހިއްލުމަށް ލުއެއް ލިބޭނެ އެވެ.
ބިޑަކާ ނުލައި މެންބަރު ސައުދުﷲގެ ކުންފުންޏަށް ވެސް މަޝްރޫއުތަކެއް
އޮކްޓޫބަރު މަހު ވޭޕް ޖޫރިމަނާއަށް 226،000 ރުފިޔާ
ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް: އެމްޕީއެލް