ކާރު ޕާކް ކުރުމަށް ހުޅުމާލޭގައި ވަކި ސަރަހައްދުތަކައްގެ ސްލޮޓްތައް ކުއްޔަށް ދޭން ހަމަޖެހިއްޖެ އެވެ.
އެޗްޑީސީން ބުނިގޮތުގައި ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުން ކާރު ޕާކް ކުރުމަށްޓަކައި ސްލޮޓް ކުއްޔަށް ދޭން ނިންމާފައިވެ އެވެ.
އެގޮތުން އެކުންފުނިން ދޭން ނިންމާފައިވާ ޕާކިން ސްލޮޓްތަކުގެ ތެރޭގައި، މެގަމޯލް ކައިރީގައިވާ ޕާކިން ސަރަހައްދާއި ފެރީ ޓާމިނަލް ކައިރިން ވެހިކަލް ޕާކް ކުރަން ހަދާފައިވާ ސަރަހައްދު ހިމެނޭކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ މެގަމޯލް ކައިރީގައިވާ ޕާކިން ސަރަހައްދުން 20 ސްލޮޓާއި، ފެރީ ޓާމިނަލް ކައިރިން ވެހިކަލް ޕާކް ކުރަން ހަދާފައިވާ ސަރަހައްދުން 50 ސްލޮޓް ދޭން ނިންމާފައިވާކަމަށެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ވެހިކަލްތައް ތޮއްޖެހުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެޗްޑީސީންނާއި މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
