މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މިއަދު މެންދުރު 2:00 ން 3:30އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
އެގޮތުން ކަރަންޓު މެދުކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ހެންވޭރާއި ގަލޮޅުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގާއި، މޫނިމާހިނގުމުގެ އިތުރުން އިރުދޭމާ ހިނގުމާއި ދޮންއަދަރާދަ މަގު ހިމެނޭ ސަރަހައްދުން، ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަނބުރާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
އާދައިގެ ކަންކަމުން ބޮޑު ބަދަލަކަށް!
މިލިއަނަކަށް ވުރެ ގިނަ މާތަކުން އިސްތަންބޫލް ޖަރީވާ މޫސުމެއް!
