ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗްރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގެ ބައްދަލުވުމަށް އެމަނިކުފާނަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ އަރިހުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް މޯލްޓާ އަށް ވަޑައިގެންނެވި އެވެ. މި ބައްދަލުވުން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެ އެެވެ. ރައީސް ނަޝީދު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުކަމަށް މައުލޫމާތު ލިބެ އެވެ.
ބިންކޮޅު ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތް ހަދަނީ
އައްޑޫ އެކްސިޑެންޓް: ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ