ސްޕައިޑާ މޭން 3ގެ ފަސްޓް ލުކް ޓޮމް ހޮލޭންޑް ދައްކާލައިފި އެވެ.
ސްޕައިޑާ މޭންގެ ކޮސްޓިއުމްގައި މާސްކެއް އަޅައިގެން ހުންނަ މިފޮޓޯގައި ކެޕްޝަންކޮށްފައި ވަނީ ވެސް މާސްކް އެޅުމަށް އިލްތިމާސް އެކެވެ.
މިދިޔަ އަހަރު ސްޕައިޑާ މޭން 2 ރިލީސްކޮށްފައި ވާއިރު، މީގެ 3 ވަނަ ބަޔަކަށް ބެލުންތެރިން ދަނީ ނުހަނު އިންތިޒާރު ކުރަމުންނެވެ. އެއީ ދެވަނަ ބައި ނިމިގެންދިޔައީ ސްޕައިޑާ މޭންގެ އަސްލަކީ ޕީޓާ ޕާކާ ކަން ހާމަވެގެން ކަމަށް ވާތީ އެވެ.
ސްޕައިޑާ މޭންގެ ސީކުއަލްތައް އުފައްދާ "ސޮނީ" އިން ބުނިގޮތުގައި އިލެކްޓްރޯގެ ބައިން މިފަހަރު ވެސް ފެނިގެންދާނީ ކުރިން ވެސް މިރޯލު ކުޅުނު ތަރި ޖޭމީ ފޮކްސް އެވެ. އަދި ޖޭ ޖޯނާހް ޖޭމްސަންގެ ރޯލުން ޖޭކޭ ސިމޮންސް ފެނިގެންދާއިރު ޑޮކްޓާ ސްޓްރޭންޖްގެ ގޮތުގައި ފެންނާނީ ބެނެޑިކްޓް ކުމްބާބެޗް އެވެ.
ޑިސެންބަރު 17ގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ ސްޕައިޑާ މޭން 3 ވެސް ޑައިރެކްޓް ކުރަނީ ކުރީގެ ސީކުއަލްތަކުގެ ވެސް ޑައިރެކްޓަރު ޖޯން ވޮޓްސް އެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
