ފ. ނިލަންދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ކުއްޖާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.
ނިލަންދޫގައި މި މާރާމާރީ ހިނގީ ރޭގެ 9:30 ހާއިރު އެވެ.
ނިލަންދޫގައި ހަމަނުޖެހުންތަކެއް ހިނގީ އެރަށުގައި ދިރިއުޅޭ ކުޑަކުދިންގެ މެދުގައި ހިޔާލުތަފާތުވުމުގެ ސަބަބުންނެވެ.
ހަތަރު ކުއްޖެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ހިޔާލު ތަފާތުވެ، އެއް ކުއްޖަކު ވަނީ ގާބުރިއަކުން ކުއްޖެއްގައިގަ ޖަހާ ބޯފަޅާލާފަ އެވެ. އަދި އެ ކުއްޖާގެ ބޮލުގެ އިތުރުން، ކަރަށާއި، އަތުގެ އިނގިލިތަކަށް ވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ.
އެ މަރާމާރީގައި އަނިޔާވީ ނިލަންދޫ ކައުންސިލް މެންބަރު ސަމީރާ އަހްމަދުގެ ދަރިފުޅަށް ކަމަށް ވެސް އެނގިފައިވެ އެވެ.
މާރާމާރީގައި އަނިޔާވި ކުއްޖާއަށް ފަރުވާދިނުމަށް މާލެ ގެނެސް، އެ ކުއްޖާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ނިލަންދޫގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީކޮށް ބަލަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟

ކައުންސިލް މެމްބަރ ސަމީރާ އަހުމަދު ދަރިފުޅަށް ތިދެއްވީ ކޮންކަހަލަ ތަރުބިއްޔަތެއްތޯ؟ މަވާ ހައިރާންވެ އަންތަރީސްވެއްޖެ!!