މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެއިން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން، އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ. އަދި މި މައްސަލަ ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
