ކުވެއިތުގެ އަމީރު ޝައިޚް ނަވާފް އަހްމަދު އަލް ޞަބާހްގެ ރަސްމީ ބައެއް ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވުމަށް އެގައުމުގެ ވަލީއަހްދު ޝައިޚް މީޝަލް އަހްމަދު އަލް ޞަބާހުއަށް އަންގަވާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
އުމުރުފުޅުން 80 އަހަރުގެ ޝައިޚް މީޝަލްއަކީ މިހާރު ކުވެއިތުގެ ރަސްކަމުގައި ހުންނެވި ޝައިޚް ނަވާފްގެ އެއްބަފާ ބޭފުޅެކެވެ. ނަވާފް އަވަހާރަވުމާއެކު ރަސްކަމުގެ ބާރުތައް ވާރުތަވާނީ ޝައިޚް މީޝަލް އަށެވެ.
އުމުރުން 84 އަހަރުގެ ޝައިޚް ނަވާފް ރަސްކަމަށް އިސްވެވަޑައިގަތީ އޭގެ ކުރިން ރަސްކަން ކުރެއްވި އެމަނިކުފާނުގެ ބޭބޭފުޅު މީގެ އަހަރެއްހާ ދުވަސް ކުރިން އަވަހާރަވުމުންނެވެ.
މިދިޔަ ޖުލައި މަހު މިހާރުގެ އަމީރު ސިއްހީ ޗެކްއަޕްތަކެއް ހައްދަވާފައިވާއިރު ހުރިހާ ޓެސްޓުތަކެއް ވެސް ކާމިޔާބު ކަމަށް ހަބަރުތައް ބުނެ އެވެ.
ކުވެއިތުގައި ރަސްކަމުގެ ބާރުތަކަށް ބަަދަލު ގެނެވުމުން އަންނައިރު މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ ބޮޑުވަޒީރާއެކު މުޅި ކެބިނެޓް ވެސް ވަނީ އެއްކޮށް އިސްތިއުފާ ދެއްވާފަ އެވެ. – އަލް އަރަބިއްޔާ
އެމެރިކާއާއެކު މަޝްވަރާކުރަން އީރާނުން އިންކާރުކޮށްފި
ދިރާގުން އެފްޑީސީ ފްލެޓްތަކަށް ހިލޭ 5ޖީ ޓާބޯ ރައުޓަރެއް ދެނީ
ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި