މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދުގެ 3:42 އެހާކަށްހާއިރު މައްޗަންގޮޅި ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާތީ އެކަން ރިޕޯޓްކުރުމުން އެސަރަަހައްދު ބެލިއިރު މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަޑު ފަޅު ގޭތެރެއިން ފެނުމާއެކު ފުލުހުން މިހާރުދަނީ އެސަރައްހަދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
ޑޮލަރުގެ އަގު ބޮޑުވަނީ ހަނގުރާމައާ ހެދިއެއް ނޫން: އަމްރު
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު