ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން އާއި ކިއާރާ އަދުވަނީ ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އަންނަ އަހަރުގެ މާޗު މަހު ރިލީޒް ކުރަން ނިންމައިފި އެވެ.
މީގެ ކުރިން މިފިލްމު ނެރުމަށް ނިންމާފައި އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އަންނަ އަހަރަށް "ބޫލް ބުލައްޔާ 2" ފަސްކުރި ސަބަބެއް އެފިލްމު އުފައްދާ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ކާތިކް އާއި ކިއާރާގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާނެ އެވެ.
"ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ.
"ބޫލް ބުލައްޔާ 2" ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަކީ އެއްކޮށް މަސައްކަތް ނިމިފައިވާ ނެޓްފްލިކްސްގެ ފިލްމު "ދަމާކާ" އާއި އެކްތާ ކަޕޫރްގެ "ފްރެޑީ" އެވެ. އޭގެ އިތުރުން އެކްތާގެ "ޝެހެޒާދާ" އާއި ހަންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" އަކީވެސް އޭނާގެ ކުރިއަށް ހުރި އަދި ޝޫޓިން ނުފަށާ ފިލްމުތަކެވެ.
ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރުން ދަވަންއާއެކު ކުޅޭ "ޖުގް ޖުގް ޖީޔޯ" އާއި "މރ. ލޭލޭ" ހިމެނެ އެވެ.
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
"ބޫލް ބުލައްޔާ 2" ނޮވެމްބަރު މަހު ރިލީޒް ކުރަނީ