ކ. ބޮލިފުށި ކައިރިން ސަފާރީއެއް އަޑިއަށް ގޮސް އެކަކު މަރުވެެއްޖެ އެވެ.
މި ހާދިސާގައި މަރުވީ ސަފާރީން ދަތުރުކުރި ބިދޭސީއެއް ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. ނަމަވެސް އެ މީހާގެ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮލިފުށި (އޯޒެން ރިސޯޓު) ކައިރިން ދަތުރުކުރަނިކޮށް ކަނޑުގަދަވެގެން އަޑިއަށް ދިޔައީ "ހޭންޑީ ކްރޫޒާ" ކިޔާ ސަފާރީއެއް ކަމަށެވެ.
އެ ހާދިސާގެ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނީ ހެނދުނު 8:30 ހާއިރު ކަމަށްވެ އެވެ.
އެމްއެންޑީއެފް އިން ބުނީ 17 މީހުންނާއެކު ދަތުރުކުރި ސަފާރީ އަޑިއަށް ދިއުމުން ހާލު ދެރަވި ހަ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި ބާކީ ތިބި މީހުން ގެންދިޔައީ ހުޅުމާލެއަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން
ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ