ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާ ކޮމެޑީ ސީރީޒް "ގިރިދާ" މާދަމާ ޕްރިމިއާކުރަން ނިންމައިފި އެވެ.
ހުނަރުވެރި ފިލްމީ ތަރި، ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ "ގިރިދާ" ވެބް ސީރީޒް ޕްރިމިއާ ކުރުމަށް ނިންމާފައި ވަނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް މަލްޓި ސްކްރީން އާއި އެމްއެސްޓީވީގަ އެވެ.
ހެއްވާ މަޖާ އެތައްކަމެއް ހިމެނޭ ކޮމެޑީ ވެބް ސީރީޒްގެ ޓްރައިލާ ވެސް މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ.
"ގިރިދާ"ގެ ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ބައެއްގެ ދިރިއުޅުން، މަޖާ ގޮތަކަށެވެ.
ޓްރެއިލާއިން މިހާރު ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އަންހެން ފަންނާނުންނާއި ޓިކްޓޮކް ތަރިން ފެނިގެންދެ އެވެ.
އެގޮތުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންޔަ) އާއި އަހުމަދު އަހުމަދު ޒިޔާ އަދި ފާތިމަތު ނޫރާ ފެނިގެންދާނެ އެވެ. ވަރަށް ގިނަ އާ ތަރިން ވެސް މި ވެބް ސީރީޒުން ފެނިގެންދާނެ އެވެ.
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
