މާލޭގެ ހުރިހާ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްފަހު، އެއް ނެޓްވޯކަކުން ގުޅާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭސިޓީ ކައުންސިލުން މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މާފަންނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ.
މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް، އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުން ކަމަށާއި އެކަމާ ގުޅިގެން ކައުންސިލުގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާއެކު މާލޭގައި ހުރި 40 ވަރަކަށް މިސްކިތް ސާވޭކޮށް ނިމިފައިވާ ކަމަށާއި ކެމެރާ ހަރުކުރަން އެންމެ ރަނގަޅު ތަންތަނާއި ބޭނުންކުރާނެ ކެމެރާގެ ބާވަތް ދެނެގެނެފައިވާ ކަމަށެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
