ބ. ފުޅަދޫ ގައި އޮޔާދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުޅަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެރަށު މޫދުގައި މިއަދު 12:20 ހާއިރު ހިނގި ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"އެރަށުގެ ހުޅަނގު ފަރާތު ތުނޑިއަށް މޫދަށް ގޮސް އުޅުނު ކުދިންތަކެއް އޮޔާދިޔުމުން އެކުދިން ސަލާމަތް ކުރަން އޭނާ އުޅުނީ،" ކައުންސިލަރު ވިދާޅުވިއެވެ.
އޮޔާދިޔަ ކުދިން ވަނީ ސަލާމަތްވެފަ އެވެ. މަރުވި މީހާ އާއި އެ ކުދިންނަކީ އެރަށަށް ޗުއްޓީއަށް ގޮސް އުޅޭ ބައެއް ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
އެ ހާދިސާ ހިނގި ގޮތް ބެލުމަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ.
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
