އާޓިފިޝަލް ބީޗާއި ރަސްފަންނު އަދި އުސް ފަސްގަނޑަށް ވެލި އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރަސްފަންނާއި އާޓިފިޝަލް ބީޗު ސަރަހައްދު ގިރާތީ އެ ދެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އުސް ފަސްގަނޑަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށާއި އެކިހަލަ ކުޅިވަރުތައް ކުޅެއްދާ ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގައި އަޑިގުޑަން ފިލުވައި ލެވެލްކުރުމަށް ވެލި އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
މި ސަރަހައްދުތަކަށް ވެލި އަޅަނީ ހުޅުމާލެއިން ވެލި ގެނެސްގެން ކަމަށާއި ހަތަރު ދުވަހުގެ ތެރޭގައި ވެލި އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ މި ތިން ސަރަހައްދަށް ގާތްގަނޑަކަށް 400 ޓަނުގެ ވެލި އަޅަން ޖެހޭނެ ކަމަށެވެ.
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
