ބުރާސްފަތި ދުވަހު ދެއްކި ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގައި ކައިލީ ޖެނާ އާއި ކެންޑެލް ޖެނާގެ ދެމެދު ބޮޑު ތަޅާފޮޅުންގަނޑެއް ހިނގައި، ކިމް ސެކިއުރިޓީއަށް ގުލަން ޖެހޭ ހިސާބަށް ގޮސްފި އެވެ.
އުމުރުން 24 އަހަރުގެ ކެންޑެލް ބުނެފައިވަނީ ކައިލީ، 23، ގެ އުސްފައިވާނުން އޭނާގެ ކަރުގައި ޖަހާފައިވާ ކަމަށެވެ. އަދި ދެން "ދުވަހަކު ވެސް ކައިލީ އާ ވާހަކަ ނުދައްކާނެ" ކަމަށެވެ.
މި ތަޅާފޮޅުންގަނޑުގެ ތެރޭގައި ކިމް، 39، ސެކިއުރިޓީއަށް ގޮވާ އަޑުވެސް އިވެ އެވެ. މި ހަމަނުޖެހުން ހިނގައިދިޔައީ ޕާމް ސްޕްރިންގަށް އެ އާއިލާ ދިޔަ ދަތުރުގައި ކެންޑެލްގެ ހެދުން ކައިލީ ނެގި މައްސަލައިގަ އެވެ.
މިކަން ހިނގާދިޔަ ވަގުތު އެ ކާރުގެ ތެރޭގައި އެ މީހުންގެ މަންމަ ކްރިސް ޖެނާގެ ލޯބިވެރިޔާ، ކޯރީ ވެސް އިނެވެ. އޭނާ ވެސް ވަނީ އެ ދެ މީހުން ހުއްޓާލުމަށް އެތައް ފަހަރަކު އެދިފަ އެވެ.
މީގެ ކުރިން ވެސް ކީޕިން އަފް ވިތް ދަ ކާޑޭޝިއަންގެ އެޕިސޯޑެއްގައި ކިމް އާއި ކޯޓްނީގެ ދެމެދުގައި ވެސް ވަނީ ހަމަ މިފަދަ ތަޅާފޮޅުންގަނޑެއް ހިނގާފަ އެވެ.
މި ސީޒަނަކީ ކީޕިން އަފް ވިތް ދަ ކާޑޭޝިއަންގެ އެންމެ ފަހު ސީޒަނެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް
		
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
								
								