ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.
ކަމާލުއްދީން މިއަދު ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
އެ ޕާޓީއަށް ކިޔަސް ގަސްތުކުރާ ނަމަކީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީ އެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވި އެވެ.
މީގެއިތުރުން ދަނގެތީ ދާއިރާގެ މެމްބަރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ޕޫނޭގައި ހުންނަ ޓައިގާގެ އަގުބޮޑު ގެ ވިއްކާލައިފި
ވެއްޔާއި ފެން އަދި ގަނޑުފެން އެކީގައި، މިއީ ގުދުރަތުގެ އަޖާއިބެއް
ޓެކްސީތަކަށް ޓެބްލެޓް ގަތުމުގެ ނަމުގައި ބޮޑު ވައްކަމެއް!
