ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި ފުނޑުފުނޑުވި މައްސަލައިގައި، ކާރު ދުއްވަން އިން، ހޯކްސް ކުންފުނީގެ ސީއީއޯ ހަސަން ރިފާއުގެ ޑްރައިވިން ލައިސެންސް ފުލުހުން ހިފަހައްޓައިފި އެވެ.
މި ހާދިސާ ހިންގާފައިވަނީ ހުޅުމާލެ ހައިވޭގައި އިއްޔެ ހެނދުނު 08:42 ހާއިރު އެވެ. އެކްސިޑެންޓްވި ވަގުތު ކާރު ދުއްވަން އިނީ ބ. ކަމަދޫ، މިޔްނިކް، ހަސަން ރިފާއުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖެކެވެ.
އެ ހާދިސާ ހިނގި ސަރަހައްދުން ދެ މީހުންނަށް ވެސް ލިބުނު އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލުން ނެއްޓި ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑީގައި ޖެހި ފުރޮޅާލުމުގެ ސަބަބުން ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ކާރުގެ ބައިތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ރަތް ކުލައިގެ އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި ފުނޑުފުނޑުވެފައިވާ މަންޒަރު ފެނެ އެވެ.
އާ ބަދަލުތަކަކާއެކު ޑިޒްނީގެ ތީމް ޕާކްތަކަށް މުޅިން އާ ރަހައެއް!
މާލެ އާއި ވިލިމާލެ މާދަމާ ބްރިޖުން ގުޅާލަނީ
