ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް ބަލީގައި މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 11:30 ހާއިރު ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 51 އަހަރުގެ ބަންގްލަދޭޝްގެ މީހަކު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 209 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީ އެމީހާ އަކީ އެރަށު ފަހާ ތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އޭނާ ހޯމް ކަރަންޓީނުގައި ހުރީ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފަ އެވެ. މި ބައްޔަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 31 މީހުންނަށެވެ.
ކޮވިޑްޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނި 85 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ގިނަ މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!
އަބޫދާބީން ގަތަރަށް ދަތުރުކުރި ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި
