ނޭވާހިއްލާ މީހުން ބޭނުންކުރާ އެސްތްމާ އިންހެލާ ބޭނުންކުރުމަކީ ކޮވިޑް -19 އިން އަވަހަށް ރަނގަޅު ކޮށްދޭކަމެއް ކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނެފި އެވެ.
އެއާއެކު ގިނަ ޑޮކްޓަރުން ދަނީ ކޮވިޑްގެ ބަލި މީހުންނަށް އެސްތްމާ އިންހެލާ ބޭނުން ކުރުމަށް އިރުޝާދު ދެމުންނެވެ. މި ގޮތުގެ މަތިން ކޮވިޑުން ފަސޭހަވުން ތިން ދުވަސް އަވަސްކޮށްދޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި މަޑުކުރަން ޖެހެނީ 8 ދުވަސް ކަމަށްވާ ނަމަ އެސްތްމާ އިންހެލާ ބޭނުން ކުރުމުން ފަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވާ ކަމަށް ބުނެފައިވެ އެވެ.
މިއާއެކު ކޮވިޑް ޖެހޭ ބަލި މީހުންނަށް ދޭ ބޭސް ސިޓީގައި އެސްތްމާ އިންހެލާ ހިމެނުމަށް އެމެރިކާގެ ހެލްތް މިނިސްޓަރު ޖޯ ޗުރުޗިލް ދަނީ ސިޔާސަތުތަކެއް އެކުލަވާލަމުންނެވެ.
އޭނާ ވިދާޅުވީ ކޮވިޑުން މީހުން އަވަހަށް ރަނގަޅުވާނަމަ ދާއިމީކޮށް ބޭސްފަރުވާއެއްގެ ގޮތުގައި މިކަން ހިމަނާނެ ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން