ގަބޯރޯން (17 ޖޫން) - ދުނިޔޭގައި މިހާތަނަށް ފެނުނު ތިންވަނައަށް އެންމެ ބޮޑު ޖަވާހިރު ކަމަށް ބެލެވޭ ޖަވާހިރެއް ބޮޓްސްވާނާ އިން ފެނިއްޖެ އެވެ.
ބަރުދަނުގައި 1،098 ކެރެޓް ހުރި މި ޖަވާހިރު ފެނިފައި ވަނީ އެ ގައުމުގެ ޑައިމަންޑް ވިއްކާ ކުންފުންޏެއް ކަމަށްވާ ޑެބްސްވާނާއަށެވެ.
އެފްރިކާގެ އެންމެ ބޮޑު ޑައިމަންޑް ވިޔަފާރި އޮންނަ ގައުމު ކަމަށްވާ ބޮޓްސްވާނާއިން ފެނުނު މި ޖަވާހިރު ވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް މޮކްވީޓްސީ މަސީސީއަށް އަރުވާފަ އެވެ.
ކޮވިޑް -19ގެ ސަބަބުން އެ ގައުމުގެ ޑައިމަންޑް ވިޔަފާރި ހީނަރުވެފައިވާ ދަނޑިވަޅެއްގައި ފެނުނު މި ޖަވާހިރުގެ ސަބަބުން އެ ވިޔަފާރި އިތުރަށް ރަނގަޅުވާނެ ކަމަށް އެ ގައުމުގެ މިނަރަލް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ނަމެއް ދީފައިނުވާ އެ ޖަވާހިރުގެ އަގު ދެނެގަނެވިފައިނުވާ އިރު، ޖަވާހިރު ވިއްކާލަން އަދި ނިންމާފައި ނުވާ ކަމަށް ޑެބްސްވާނާގެ މެނޭޖްމަންޓް އިން ބުނެފައިވެ އެވެ. -- ބީބީސީ
ނިދާއިރު ކައިރީގައި ފޯނު ބޭއްވުން ހުއްޓާލަން ޖެހޭ!
ސިޑްނީގެ ބޮންޑައި ބީޗުގައި ބަޑިޖެހި ހާދިސާގައި 15 މީހުން މަރުވި
"ސިލްސިލާ"އަށްފަހު އަމީތާބާއި ރޭކާ އެކުގައި ނުފެނުނީ ކީއްވެ؟