ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ނޫސްވެރިއަކު އޮޅުވާލައިގެން ޕާސަނަލް އެޓޭކް ދޭ ގޮތަށް ސުވާލު ކޮށްގެން ނުވާނެ ކަމަށާއި، ރައީސް ސޯލިހްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އާއި ސުވާލު ކުރަންވާނީ ޕްރޮފެޝަނަލް ކަމާއި އިހްތިރާމާއެކު ކަމަށް ރައީސް އޮފީހުން އަންގައިފި އެވެ.

މިޑިއާތަކުގެ އިސްވެރިން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިޖްސްޓް އިބްރާހިމް ހޫދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އާއި ކުރަންވާނީ ޕްރޮފެޝަނަލް ސުވާލު ކަމަށާއި، އޮޅުވާލައިގެން ރައީސްއާ ޒާތީ ގޮތުން ދިމާކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ދައުލަތުގެ އެންމެ އިސްވެރިޔާކަން ރައީސް އޮފީހުން ހަނދާންކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ހޫދު ވިދާޅުވީ، ރައީސްގެ ބައްދަލުވުންތަކުގައި ސުވާލުކުރުމުގެ ފުރުސަތު ދޭނީ މެއިންސްޓްރީމް މީޑިއާތަކަށް ކަމަށް ބުނެފަ އެވެ. އެކަމަކު ރާއްޖޭގައި މީޑިއާތަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އާ ޒާތީ ގޮތުން ދިމާކޮށްނުލަން ރައީސް އޮފީހުން އަންގާފައިވާއިރު، އެންމެ ފަހުން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑު-19 މެނޭޖްކުރުމުގައި ރައީސް ފެއިލްވެފައިވާ ކަމަށް ޤަބޫލުކުރަންތޯ ނޫސްވެރިން ސުވާލުކުރުމުން، ރައީސް އެކަމާއި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންނެވިކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި އެ ނޫސްކޮންފަރެންސް ނިންމާލެއްވީ ބައެއް ނޫސްވެރިންނަށް ފުރުސަތު ވެސް ނުދީ އެވެ.