ކޮވިޑްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ރައީސް ސޯލިހް މީޑިއާ ބައްދަލުކުރެއްވުމަށް ނިންމާފައިވަނީ ހަވީރު 4:30 ގައި ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވާނީ ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާ އެންމެ ފަހުގެ ފިޔަވަޅުތަކާއި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކަމަށެވެ.
މިދިޔަ މަހު 25 ގައި ރައީސް ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރެއްވިއިރު ރާއްޖެގެ ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އުޅެނީ 1،000 މަތީގަ އެވެ. އަދި މިދިޔަ މަހަކީ ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި މަހެކެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ރޯދައަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!