ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ހާލު ދެރަވެގެން ދެއްވަދުއަށް ދަތުރު ކުރާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:40 ހާއިރު ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެމީހާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ބުރުގާ ނާޅާ ލަވަކިޔުމުގެ އަދަބަކަށް ވީ ހައްދު ޖެހުން!

އަދި އެއްފަހަރު މައުލޫމާތު ސާފުކޮށްލާ. ޜޭ ފަތިހު ހިނގި ހާދިސާއެއް ތީ