ރ. އުނގޫފާރުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.
އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނީ އެރަށުގެ މަގުތަކުގެ ސްބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކުރެ އެވެ. އަދި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމަށްވެސް އެމްޓީސީސީ ބުނެ އެވެ.
އޭގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މަޝްރޫއުގެ ދަށުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް