ރޭ ކުޑަ އަންހެން ކުއްޖަކު ޒަހަމްވި އެކްސިޑެންޓާ ގުޅިގެން ހެކި ހޯދަން ދެ ކާރެއް ޓޯކޮށްފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ފްލެޓް ކުރިމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
މި ހާދިސާގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ފުލުހުން ވަނީ އެ ސަރަހައްދުގައި އޮތް ދެ ކާރެއް ޓޯކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ތަހުގީގަށް ޓޯކޮށްފައިވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގެ ފޮޓޯތަކުން ފެންނަން އޮތް ރީނދޫ ކުލައާއި ހުދު ކުލައިގެ ދެ ކާރު ކަމަށެވެ.
ރޭ 9:00 ހާއިރު ހިތިގަސްމަގުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، މަގުބޭރުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. ސައިކަލް ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތަ އެވެ. މި ހާދިސާގައި އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ވެގެން ފަރުވާދީފައިވެ އެވެ.
އެކްސިޑެންޓާއެކު ސައިކަލު ފަހަތުގައި އިން 9 އަހަރުގެ ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ އެވެ.
ނަމަވެސް ކުއްޖާއަށް އަނިޔާވީ ސީދާ ކާރުގައި ޖެހިގެން ކަމެއް ނުވަތަ މަގުމައްޗަށް ވެއްޓިގެން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ނޭޕާލުގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމުގެ ފުރުސަތު
ފުރިހަމަ ނިދި ލިބެނީ ކަނު އަނދިރީގައި ނިދުމުން؟
2 އަހަރަށްފަހު ވިލް ސްމިތު ފިލްމީ މަސައްކަތަށް!