މާލޭގެ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ގޭސް ލީކުވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި، މިއަދު އާއިލާއާ ހަވާލުކޮށްފި އެވެ.
މި ހާދިސާގައި މަރުވީ ގއ. ވިލިނގިލި، އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ ތަހުގީގަށް މޯޗަރީގައި ބާއްވާފައި އޮތް ޒާހިދާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޒާހިދާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މި ހާދިސާގައި ޒާހިދާގެ އިތުރުން އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ދަރިފުޅުގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މުވައްޒަފުން ވަކިކުރަނީ ސިޔާސީ ކަމެއްގައި: ސިޓީ ކައުންސިލް
ނޭޕާލް އާރާސްތުކުރަން 5 ބިލިއަން ޑޮލަރު ބޭނުންވާ
ފުރިހަމަ ނިދި ލިބެނީ ކަނު އަނދިރީގައި ނިދުމުން؟