ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ވަނަ ޓަވަރު ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 ހާއިރު އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، އޭނާގެ ފަހަތުގައި އިން އުމުރުން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އެ ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ރޭ ބުނެފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ޕީއެސްއެމް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނިޔާވި ކުޑަކުއްޖާގެ ހާލު ކްރިޓިކަލް ވުމާ ގުޅިގެން މިވަގުތު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި އިތުރު ފަރުވާއަށް އެކުއްޖާ އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެ ސައިކަލު، ވިނަރެސް 7 ކައިރީ މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލުން ނެއްޓިގެންނެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތޮއްޔިބު އަނެއްކާ ވެސް ފުލުހަށް ހާޒިރުކުރަނީ
އެންމެ މިނެޓަކުން ހިތުގެ ސިއްހަތު ދެނެގަންނާނެ 3 ގޮތެއް!
ޗުއިންގަމްއާއި ޖޭމްތަކުގައި ހިމެނޭ ސްވީޓްނާތަކުން ސްޓްރޯކް ޖެހޭ!