ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ފޯރިގަދަ އެއް ފްރެންޗައިޒް ކަމަށްވާ މާވެލްގެ އާ ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ބޮކްސް އޮފީހުގައި އާ ރެކޯޑުތައް ހަދަމުން ގޮސް ޖޭމްސް ކެމަރަންގެ މަޝްހޫރު ފިލްމު "ޓައިޓެނިކް"ގެ ޖުމްލަ އާމްދަނީގެ ރެކޯޑާ ވަރަށް ބޮޑަށް ގާތަށް ޖެހިލައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 2.22 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ.
މިއީ މުޅި ދުނިޔޭގެ ސިނަމާތަކުގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމުތަކުގެ ލިސްޓުގެ 6 ވަނައިގައި ފިލްމު ހިމެނުމަށް މަގުފަހިކޮށްދިން ކާމިޔާބީ އެކެވެ.
މިހާރު ލިސްޓުގެ 5 ވަނައިގައި އޮތް "ޓައިޓޭނިކް"އަށް ލިބިފައިވަނީ 2.26 ބިލިއަން ޑޮލަރެވެ. މާނައަކީ، "ސްޕައިޑަ މޭން" އަށް ޓައިޓެނިކްގެ ރެކޯޑް މުުރާލާލުމަށް ބޭނުންވަނީ އެންމެ 44 މިލިއަން ޑޮލަރެވެ. ސިނަމާތަކުގައި ފިލްމަށް ލިބެމުންދާ ތަރުހީބަށް ބަލާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ރެކޯޑް މުުރާލާނެ ކަމަށް ބޮކްސް އޮފީސް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ކަންތައް އެހެން ވެއްޖެ ނަމަ ހޮލީވުޑްގެ ތާރީހީ ގަދަ 5ގެ ލިސްޓުން "ޓައިޓޭނިކް" ބޭރުވެ ފަސްވަނަ ޖާގަ "ސްޕައިޑަމޭން- އަ ބްރޭންޑް ނިއު ޑޭ"އަށް ލިބޭނެ އެވެ.
ޑަސްޓިން ޑެނިއެލް ކްރެޓަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 'ސްޕައިޑަ-މޭން: ނޯ ވޭ ހޯމް' ގެ ހާދިސާތަކަށްފަހު ޕީޓާ ޕާކަރުގެ ހަޔާތަށް އަންނަ ބަދަލުތަކެއް ދައްކުވައިދޭ ފިލްމެކެވެ.
އެ ފިލްމަށް ލިބެމުން އަންނަ މި ހައިރާން ކުރަނިވި ކާމިޔާބީއާއެކު، ސިނަމާގެ ދުނިޔޭގައި އަނެއްކާވެސް އާ ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!