މާލެ ސަރަހައްދުގެ ބައެއް އެޕާޓްމެންޓްތަކުގެ ކުލި ޑޮލަރުން ދައްކަން އެންގުން އާންމުވާން ފަށައިފި އެވެ.
މާލެ އާއި ހުޅުމާލޭގައި ކުއްޔަށް ދޭ ތަންތަން އިސްތިހާރުކުރާ ޕޭޖްތަކުގައި ބައެއް ތަންތަނުގެ ކުލި ޑޮލަރުން ދައްކަންޖެހޭ ގޮތަށް ޝާއިއުކޮށްފައިވެ އެވެ. އަދި މިހާރު ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ބައެއް މީހުންނަށް ވެސް ޑޮލަރުން ކުލި ދައްކަން އެ ތަންތަނުގެ ވެރިފަރާތްތަކުން އަންގަމުންދާ ކަމަށް އެނގިފައިވެ އެވެ.
"އެގްރިމެންޓް ހަމަވާތީ ގޭގެވެރިފަރާތުން ގުޅާފައި ބުނީ ޖެނުއަރީ މަހުން ފެށިގެން ކުލި ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނޭ. އެގޮތަށް އެއްބަސް ނުވެވޭނަމަ އެގްރިމެންޓް އާ ނުކުރާނަމޭ." އެކަމާ މެދު ކަންބޮޑުވުން ފާޅުކުރި އާންމުންގެ މީހަކު "ހުރިހާ" އަށް ކިޔައިދިނެވެ.
މާލެ ސަރަހައްދުގެ ބައެއް ތަންތަނުގެ ކުލި ދިވެހި ރުފިޔާއިން ދައްކާނަމަ އަގު ބޮޑުވާ ގޮތަށް އަދި އެމެރިކާ ޑޮލަރުން ދައްކާނަމަ އަގު ކުޑަވާ ގޮތަށް ވެސް އިސްތިހާރު ކޮށްފައިވެ އެވެ. ނަމަވެސް ޑޮލަރު އަގު ދުވަހެއް ދުވަހަކަށް އުފުލެމުންދާތީ, ޑޮލަރުން ކުލި ދައްކާނަމަ ކުލީގެ އަގު އެތައް ގުނައެއް ބޮޑުވާނެ އެވެ.
އެގޮތަށް އަންގަމުންދިޔަ ނަމަވެސް މަނިޓަރީ ގަވާއިދު ބުނާގޮތުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ދީފައިވާ މުއާމަލާތްތަކަށް އެކަންޏެވެ. އަދި މީހުން ދިރިއުޅޭ ތަންތަނުގެ ކުލީގެ މުއާމަލާތްތަކަށް އެފަދަ ހުއްދައެއް ދީފައެއް ނެތެވެ.
ޑޮލަރުގެ އަގު ބާރު ސްޕީޑްގައި މައްޗަށް ދާއިރު, ސަރުކާރުން ބުނަމުންދަނީ ޑޮލަރުގެ އަގު ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ނަމަވެސް ވިޔަފާރިތަކާއި އާންމުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބި, ތަކެތީގެ އަގު ވެސް މިހާރު ދަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
