މިއަހަރުގެ އޮގަސްޓް 10 ވަނަ ދުވަސްވީ އަރްމާނީގެ ސެންޓަށް ލޯބި ކުރާ ފޭނުންނަށް ހާއްސަ ދުވަހަކަށެވެ. 20 އަހަރު ފަހުން އެ ބްރޭންޑުން މިވަނީ ފިރިހެން ސެންޓްގެ މުޅިން އާ ރޭންޖެއް ނެރެފަ އެވެ.
"އައިވިލް" އަކީ މިވީ 20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީ ބްރޭންޑުން މަސްކިއުލިން ފްރެގްރެންސް ފްރެންޗައިސް އިން ނެރުނު ފުރަތަމަ ޕާފިއުމް އެވެ.
މި ސެމްޓް ފުޅި ތައްޔާރުކުރުމަށް ހަތަރު އަހަރުގެ ތެރޭ 2،800 ޓްރައަލްސް (ތަހުލީލު) ކޮށްފައިވެ އެވެ.
އެމްބާ އަދި ވެނީލާގެ ރިޗް ވަހެއް ހުންނަ ސެންޓަށް ލޯބިކުރާ މީހުންނަށް މިއީ ހާއްސަ ސެންޓެކެވެ. އަރްމާނީން ނެރުނު މި ސެންޓު މިހާރު ރާއްޖެއިން ވެސް ލިބެން އެބަހުއްޓެވެ. ހުޅުމާލޭގައި ދާދިފަހުން ހުޅުވި "ސެންޓް ސްޓޫޑިއޯ" އިން މިހާރު މި ސެންޓް ގަންނަން ލިބެން ހުންނާނެ އެވެ. މިއީ މި ސެންޓަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ސެންޓްގެ ނޯޓްސް:
- ޓޮޕް ނޯޓްސް: ކާޑްމަން، ބާގަމޮޓް
- މިޑްލް ނޯޓް: ލެވެންޑާ، ވަޔޮލޮޓް ލީފް
- ބޭސް ނޯޓް: ވެނިލާ، ލެދާ، ވޫޑީ ނޯޓްސް
ފިރިހެންވަންތަ މީރު ވަހެއް ދުވާ މި ސެންޓް އުފެއްދުމުގައި މާސްޓާ ޕާފިއުމާއަކީ ފިރިހެން ގިނަ ސެންޓްތަކެއް އުފެއްދުމުގައި ހަރަކާތްތެރިވާ އެފަދަ ދެވަނައެއް ނުވާ އަލްބާޓޯ މަރިއަސް އާއި ނަތާލިއާ ލޯރްސަން އެވެ.
އަރްމާނީގެ ފްރެންޗައިސަށް ސެންޓެއް 20 އަހަރު ފަހުން އިތުރުވިއިރު، މި މުއްދަތުގެ ތެރޭ އެ ބްރޭންޑުން ވަނީ ފިރިހެން އަދި އަންހެން މީރު ވަސް ދުވާ ސެންޓުތަކެއް ބާޒާރަށް ނެރެފަ އެވެ. އެގޮތުން އަކުއަ ދި ޖިއޯ، އަރްމާނި ކޯޑް އަދި ސްޓްރޯންގާ ވިތު ޔޫގެ ކަލެކްޝަންތައް ފާހަގަކޮށްލެވެ އެވެ.
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު އިސްތިއުނާފްކުރަނީ