ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް 16.6 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
މި މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ ޑިޕެންޑެންޓުންގެ ހެލްތު އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ޖުމްލަ 16,608,000.00 ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. މިއީ 28 މޭ 2024 އިން ފެށިގެން 27 މޭ 2026 އާ ހަމައަށް (24 މަސް ދުވަހުގެ މުއްދަތަށް) މެންބަރުންގެ އިންޝުއަރެންސްގެ ގޮތުގައި ހަމަޖައްސާފައިވާ އަދަދުތަކެކެވެ.
ލިސްޓުގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ހަރަދުވެފައިވާ މެންބަރުންގެ ތެރޭގައި:
- އެންމެ ބޮޑު ޚަރަދެއް (336,000 ރުފިޔާ): ހުސައިން ޝަރީފް (ހުޅުމާލެ އުތުރު ދާއިރާ) އަދި އަބްދުﷲ ރިފާއު (މާފަންނު ދެކުނު ދާއިރާ)
- ދެވަނައަށް އެންމެ ބޮޑު ޚަރަދެއް (288,000 ރުފިޔާ): ހަސަން މުފީދު އަބްދުލްގާދިރު (މިލަންދޫ ދާއިރާ)
- ތިންވަނައަށް އެންމެ ބޮޑު ޚަރަދެއް (264,000 ރުފިޔާ): އިބްރާހީމް ޝުޖާއު (ބާރަށު ދާއިރާ) އަދި މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)
މީގެ އިތުރުން އެކި މެންބަރުންގެ ދާއިރާތަކާއި ޑިޕެންޑެންޓުންގެ އަދަދަށް ބަލައި، ކޮންމެ މެންބަރަކަށް 48,000 ރުފިޔާއާއި 336,000 ރުފިޔާއާ ދެމެދުގެ އަދަދެއް ވަނީ އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެއީ ބޮލަކަށް 24،000 ރުފިޔާގެ ރޭޓުންނެވެ.
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، އެ މެންބަރުންނާއި އާއިލާތަކަށް ދެވޭ މެޑިކަލް އިންޝުއަރެންސްއަކީ އާންމުންގެ ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވަމުންނެވެ.
އެންޖެލީނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ސްކްރީނަށް ގެންނަނީ!
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
މުއިއްޒު ޕްރޮމޯޓްކުރަން ޕީއެންސީން 100 މީހުންނަށް ވަޒީފާ ދީފި