ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުޑަކުރުމަށްފަހު އެ ނިންމުން ބަދަލުކުރަން ތައިލެންޑްގެ ސަރުކާރުން ނިންމައިފި އެވެ.
ތައިލެންޑުގެ ވިސާ އިނާޔަތްތަކުގެ ބޭނުން ނާހަމަ ގޮތުގައި ހިފައި، އިންސާނީ ވަގުފާރިއާއި، ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރުމުގެ އިތުރުން ކޯލް ސެންޓަރު ސްކޭމްތައް ފަދަ ޖަރީމާތައް އިތުރުވުމާ ގުޅިގެން އެ ގައުމުގެ ވިސާ އެކްޒެމްޕްޝަން އުސޫލުތަކަށް މިއަހަރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ނަމަވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކެބިނެޓުން މިހާރު ވަނީ އެ ނިންމުންތަކަށް އާ އިސްލާހުތަކެއް ގެނައުމަށް ފާސްކޮށްފަ އެވެ. އެގޮތުން 93 ގައުމަކަށް ކުރިން ދެމުން އައި 60 ދުވަހުގެ ވިސާ އިނާޔަތް އުވާލައި، ރާއްޖެ ހިމެނޭ ގޮތަށް 59 ގައުމަކާއި ސަރަހައްދެއްގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ބޭނުމަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި އެތެރެވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ އިތުރުން އަލަށް މި އިނާޔަތް ލިބޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާ ހިމެނެ އެވެ.
ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ހަމައެކަނި ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ. މީގެ އިތުރުން ވިސާގެ މުއްދަތު އިތުރުކުރުމުގެ ބޭނުމުގައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ތައިލެންޑަށް ވަންނަ އުސޫލަށް ވެސް ވަނީ ހަރުކަށި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެއްގަމު ބޯޑަރުތައް ހުރަސްކޮށްގެން އަހަރަކު ގިނަވެގެން ތައިލެންޑަށް އެތެރެވޭނީ ދެ ފަހަރު ކަމަށް ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ޕްލޮއިޓަލޭ ލަކްސަމީސަންޗަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހޮލޭންޑްގެ މެސެޖަށް ހާލަންޑްގެ ޖަވާބެއް ނުލިބުނު!
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް