ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޖެހި ވެކްސިނަކީ ހަމައެކަނި ވައިރަހުން ދިފާއު ކޮށްދިން އެއްޗެއް ނޫނެވެ. ސިއްހީ ދާއިރާގެ އެންމެ ފަހުގެ ބޮޑު ދިރާސާއަކުން ދައްކާ ގޮތުގައި، ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް 40 ޕަސެންޓަށް އަށް ކުޑަ ކޮށްދެ އެވެ.
މި ހޯދުމަކީ، ކޮވިޑް ވެކްސިނާއި ހިތުގެ ދުޅަހެޔޮކަމާ ހުރި ގުޅުން ދެނެގަތުމަށް ސައިންސްވެރިން ކުރިއަށް ގެންދިޔަ އެންމެ ފުޅާ އެއް ދިރާސާއިން ފާހަގަވި މުހިއްމު ނަތީޖާއެކެވެ.
ސައިންސްވެރިން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އެއް މިލިއަނަށްވުރެ ގިނަ މީހުންގެ ސިއްހީ ރެކޯޑްތައް ބަލައިގެންނެވެ.
މީގެ ތެރޭގައި ހިމެނެނީ އާދައިގެ ރޯގާ ވެކްސިން އެކަނި ޖެހި މީހުންނާއި، ރޯގާ ވެކްސިނާއެކު ކޮވިޑްގެ އައު ބޫސްޓާ ޑޯޒް ޖެހި މީހުންނެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި:
- ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ: ކޮވިޑް ވެކްސިން ޖެހި މީހުންނަށް، ކޮވިޑް ބަލީގެ ސަބަބުން ކުރިމަތިވާ ހިތުގެ ބޮޑެތި މައްސަލަތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު 38 ޕަސެންޓަށްވުރެ ބޮޑަށް ކުޑަވެގެންދެ އެވެ.
- އުމުރުން ދުވަސްވީ މީހުންނަށް އޮތް ފައިދާ ބޮޑު: މި ރައްކާތެރިކަން އެންމެ ބޮޑަށް ފެނިފައިވަނީ އުމުރުން 75 އަހަރުން މަތީގެ މީހުންނާއި، ކުރިންވެސް ހަކުރުބަލި ނުވަތަ ހިތުގެ ބަލި ހުންނަ މީހުންގެ ފަރާތުންނެވެ.
ވެކްސިނުން ހިތް ރައްކާތެރިކޮށްދެނީ ކީއްވެ؟
ކޮވިޑް-19 ވައިރަސް ހަށިގަނޑަށް ވަނުމުން، އެއީ ހަމައެކަނި ފުއްޕާމެއަށް އަސަރުކުރާ އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ލޭ ހޮޅިތައް ދުޅަވެ، ލޭ ގަނޑުވުން ކުރިމަތިވެ އެވެ. މިއީ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހެން މެދުވެރިވާ މައިގަނޑު ސަބަބެވެ.
ވެކްސިން ޖެހުމުން، ކޮވިޑް ބަލީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ "އިންފްލެމޭޝަން" ނުވަތަ ދުޅަވުން ކުޑަކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން، ލޭ ހޮޅިތައް ބެދުމާއި ހިތަށް ބާރު ބޮޑުވުމުން މީހާ ސަލާމަތްކޮށްދެ
މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޒިޔާދު އަލް-އަލީ ވިދާޅުވި ގޮތުގައި، ކޮވިޑް ވެކްސިންގެ ސަބަބުން، ކޮވިޑާ ގުޅުމެއް ނެތް އެހެނިހެން ސަބަބުތަކާ ހުރެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މިންވަރާއި މަރުވާ ނިސްބަތްވެސް ގާތްގަނޑަކަށް ހަތް ޕަސެންޓް ކުޑަ ކޮށްދެއެވެ. މިއީ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްވެ، ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
މި ހޯދުންތަކާއެކު، މާހިރުން އިރުޝާދު ދެނީ ހިތުގެ ބަލިތަކުގެ ނުރައްކާ އޮތް މީހުންނާއި އުމުރުން ދުވަސްވީ މީހުން، އަހަރީ ކޮވިޑް ބޫސްޓާ ވެކްސިން ފުރިހަމަ ކުރުމަށެވެ.
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް