ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ޗޯހާން"ގައި ކަޝްމީރުގެ ވަކި ބައެއްގެ އިހުސާސްތަކާއި ޖަޒުބާތުތަކަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކަޝްމީރު ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރި ޕެލެޓް ބަޑިތަކުގެ ސަބަބުން ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ ނުވަތަ ފެނުމަށް އަސަރުކޮށްފައިވާ މީހުންނަށް އެ ފިލްމުގައި ފުރައްސާރަ ކުރެ އެވެ.
ފިލްމުގެ ޓީޒާގައި އަޖޭ ދޭވްގަން ސަލާމަތީ ބާރުތަކުގެ އޮފިޝަލެއްގެ ރޯލުން ފެންނައިރު، ކަޝްމީރުގައި ހިނގާ މުޒާހަރާތަކާއި ގައުއުކާ މީހުންގެ ކުރިމަތީގައި އޭނާ ހަރަކާތްތެރިވާ މަންޒަރުތައް ދައްކުވައިދެ އެވެ.
މި ޓީޒާގައި އަޖޭ ދޭވްގަންގެ އަޑުން ބުނާ ޑަޔަލޮގްތަކުގައި، ކުރީގެ ސަރުކާރުތަކުން މުޒާހަރާކުރާ މީހުންނަށް ދޫދީފައިވާ ކަމަށް ބުނެ ފާޑުކިޔައި، ޕެލެޓް ބަޑި ބޭނުން ކުރުމުން ލިބެނީ އެކަށީގެންވާ ވަރަށްވުރެ ކުޑަ ގެއްލުމެއް ކަމަށް ސިފަކޮށްފައިވެ އެވެ.
2010 ވަނަ އަހަރު އިންޑިއާ ސަރުކާރުން ކަޝްމީރުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޕެލެޓް ބަޑި ބޭނުން ކުރަން ފެށި ފަހުން، ކުދި އަދި ބޮޑެތި އެތައް ހާސް ބައެއްގެ ފެނުމުގެ ހިއްސަށް ވަނީ ދާއިމީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި އދ. އިންވެސް ވަނީ ކަޝްމީރުގައި ކުޑަކުދިންނާއި އާންމުންނާ ދެކޮޅަށް ޕެލެޓް ބަޑި ބޭނުން ކުރުން ކުށްވެރި ކޮށްފަ އެވެ.
ނަމަވެސް، ފަހަކަށް އައިސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ކަޝްމީރުގެ އަސްލު ހާލަތު އޮޅުވާލައި، އަނިޔާ ލިބޭ މީހުން ގޯސްކޮށް ސިފަ ކުރުމުގެ ނޭދެވޭ "ޓްރެންޑެއް" އުފެދިފައިވާ ކަމަށް ސިޔާސީ ދިރާސާވެރިން ފާހަގަކުރެ އެވެ.
އެމެރިކާގައި ގާއިމުވެފައިވާ 'ސެންޓާ ފޯ ދަ ސްޓަޑީ އޮފް އޯގަނައިޒްޑް ހޭޓް'ގެ އިސްވެރިޔާ ރާކިބު ހަމީދު ނާއިކް ބުނި ގޮތުގައި، 2014 ގެ ފަހުން ބޮލީވުޑްގެ ބައެއް އުފެއްދުންތެރިން ދަނީ ސިޔާސީ މަންފާއަށާއި ވިޔަފާރިއަށްޓަކައި ނަފުރަތު އުފައްދާ މޭރުމުން ފިލްމުތައް އުފައްމުންނެވެ.
"ވަކި ބަޔަކަށް ފައިދާވާހެން ވިޔަފާރިތަކުން ކޯޓޭޝަން ހޯދި"
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި