ފްރާންްސްގެ މުހިންމު މިޑްފީލްޑަރު މައިކަލް އޮލީސޭއަށް ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ދެއްކި ރީނދޫ ކާޑު ކެންސަލްކުރުމަށް ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަން އިން ހުށަހެޅި އެޕީލް ކާމިޔާބެއް ނުވި އެވެ.
ގަދަ 16ގެ ބުރުގައި ޕެރަގުއޭއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އޮލީސޭއަށް ރީނދޫ ކާޑު ދެއްކީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި އޮލީސޭއަށް ރީނދޫ ކާޑެއް ދައްކައިފި ނަމަ، ފްރާންސް ސެމީ ފައިނަލަށް ދަތުރު ކުރިޔަސް އޮލީސޭ އަށް ސެމީގައި ނުކުޅެވޭނެ އެވެ.
"ރީނދޫ ކާޑަށް ބަދަލެއް ނާދޭ. ފީފާއިން މިއަދު ހެނދުނު އެކަން އަންގައިފި،" މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ފްރާްންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުންޏެވެ.
އޮލީސޭގެ ކެންސަލް ނުކުރިޔަސް، ފީފާ އިން ވަނީ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި އެމެރިކާގެ ފޮލަރިން ބަލޮގުންއަށް އަށް ދެއްކި ރަތްކާޑާއެކު އޭނާއަށް އައި ސަސްޕެންޝަން ގަދަ 16ގެ މެޗުގެ ކުރިން ލުއިކޮށްދީފަ އެވެ. އެހެންވެ، ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި އޭނާއާށް ކުޅެވުނެވެ.
ގަދަ 16ގެ ބުރުގައި ފްރާންސްގެ ބްރެޑްލީ ބަކޯލާ އާއި މާނޫ ކޯނޭ އަށްވެސް ރީނދޫ ކާޑު ދެއްކި އެވެ.
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
ރެފްރީން އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް: މިސްރު ކޯޗް