ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްއާއި އޭނާގެ ލޯބިވެރިޔާ އިންސްޓަގްރާމްގައި އެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާން ކުރުމާއެކު، ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބެމުން އެބަދެ އެވެ.
އުމުރުން 62 އަހަރުގެ ބްރެޑް ޕިޓް އާއި 33 އަހަރުގެ އިންޓީރިއާ ޑިޒައިނަރު އަދި ޖުވެލަރީ އެކްޒެކެޓިވް އިނޭސް ޑި ރާމޯން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، މީގެ ކުރިން ސޯޝަލް މީޑިއާގައި ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެ އެވެ.
ނަމަވެސް، އިނޭސްގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ދެމީހުން އެކުގައި ނަގާފައިވާ އުފާވެރި ފޮޓޯތަކެއް ހިއްސާ ކުރުމާއެކު، ސަޕޯޓަރުން ވަނީ އެމީހުންގެ ގުޅުމަށް މަރުހަބާ ކިޔާފަ އެވެ. މިއީ ރެޑް ކާޕެޓް އިވެންޓްތަކުން އެކުގައި ފެނުމަށްފަހު، ސޯޝަލް މީޑިއާގައި އެމީހުންގެ ގުޅުން ރަސްމީކުރި ފުރަތަމަ ފަހަރެވެ.
މި ފޮޓޯތައް އާންމުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީ ވަނީ އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
2016 ވަނަ އަހަރު ބްރެޑް ޕިޓްއާ ވަކިވި ފަހުން، އެއްވެސް މީހަކާއެކު ޑޭޓް ކޮށްފައި ނުވާނެކަމަށާއި، އޭނާގެ މުޅި ސަމާލުކަން ހުރީ ދަރިން ބެލެހެއްޓުމާއި މަސައްކަތަށް ކަމަށް ޖޯލީ ބުނެފައިވެ އެވެ.
"ވަރިއަށްފަހު އަހަރެންގެ ދިރިއުޅުމުގައި އެހެން ލޯބިވެރިއަކު ނުގެންގުޅެން. އަހަރެންގެ އިސްކަމަކީ އަހަރެންގެ ދަރިންގެ އުފަލާއި ރައްކާތެރިކަން." އޭނާ ބުންޏެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީގެ ކައިވެނި ރޫޅުނު ނަމަވެސް، ދަރިންގެ ހައްގުތަކާއި މުދަލުގެ މައްސަލައިގައި ގާނޫނީ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެ ދެމީހުންގެ ދެމެދުގައި އަދިވެސް އެބަ އޮތެވެ.
އަނެއްކޮޅުން، ބްރެޑް ޕިޓް އާއި އިނޭސްގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން އަންނައިރު، ދެމީހުން އެކުގައި ދިރިއުޅެން ފަށާފައިވާ ކަމަށްވެސް ހޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ