'އިންސެޕްޝަން'، 'އިންޓަސްޓެލާ' އަދި 'އޮޕަންހައިމާ' ފަދަ މާސްޓަޕީސްތައް ގެނެސްދިން އޮސްކާ އެވޯޑް ހާސިލް ކޮށްފައިވާ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު 'ދަ އޮޑިސީ' ގެ ހާއްސަ ސްކްރީނިންގްތަކަށްފަހު، އެ ފިލްމަށް ހޮލީވުޑް ފާޑުކިޔުންތެރިންގެ ތައުރީފު ލިބެމުން އެބަދެ އެވެ.
ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ސިނަމާގެ ތާރީހުގައި ލިޔެވިގެންދާނެ ފަދަ ފަންނީ އަދި ޖަޒުބާތީ ކާމިޔާބީއެކެވެ.
ފިލްމީ ހަބަރުތައް ފަތުރާ ބޮޑެތި މީޑިއާތަކުގެ ނޫސްވެރިން ބުނާގޮތުގައި 'ދަ އޮޑިސީ' އަކީ ބެލުންތެރިން ސިއްސުވާލާ ފަދަ ވިޝުއަލްސްތަކާއި، ކަންފަތަށް އަރާމު މިއުޒިކެއްގެ އިތުރުން ހިތް ހުއްޓޭ ފަދަ ވަރުގަދަ ސްކްރީންޕްލޭއެއް އެކުލެވޭ ފިލްމެކެވެ.
ނޯލަންގެ ކުރީގެ ފިލްމުތަކަށްވުރެ މި ފިލްމުގައި އިންސާނީ ޖަޒުބާތުތައް ވެސް މާ ފުންކޮށް ދައްކުވައި ދީފައިވާ ކަމަށް ރިވިއު ތަކުގައިވެ އެވެ.
މި ފިލްމުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ އޭގެ މައިގަނޑު ދެ ތަރިން ކަމަށްވާ މެޓް ޑޭމަން އަދި ރޮބަޓް ޕެޓިންސަންގެ އެކްޓިންގް އެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި މިއީ މެޓް ޑޭމަންގެ މުޅި ހަޔާތުގައިވެސް ދެއްކި އެންމެ ވަރުގަދަ، އަދި އޮސްކާ އެވޯޑަކަށް އެންމެ ހައްގު ފުރިހަމަ އެކްޓިންގް އެވެ.
'ޓެނެޓް' އަށްފަހު ނޯލަންއާއެކު ދެވަނަ ފަހަރަށް މަސައްކަތްކުރި ޕެޓިންސަންގެ ކެރެކްޓާއަކީ ފިލްމުގެ ހިތް ކަމަށާއި، އޭނާގެ ހުނަރުވެރިކަން މި ފިލްމުން އާ އުސްމިނަކަށް ގޮސްފައިވާ ކަމަށް ރިއެކްޝަންތަކުގައި ބުނެފައިވެ އެވެ.
ފުރަތަމަ ސްކްރީނިންތަކަށް ލިބުނު މި ބޮޑު ތަރުހީބާއެކު، 'ދަ އޮޑިސީ' ވެގެން ދާނީ މިއަހަރުގެ އެންމެ ބޮޑު ހިޓަށެވެ. އަދި ކުރިއަށް އޮތް އެވޯޑް ސީޒަންތަކާއި އޮސްކާ ރޭހުގައި މި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދާނެކަން މިހާރު މިވަނީ ކަށަވަރުވެފަ އެވެ.
"ދަ އޮޑިސީ" އާއްމުކޮށް ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
ފަހަތުން އަރައި މިސްރު ބަލިކޮށް، އާޖެންޓީނާ ކުއާޓާ ފައިނަލަށް
ޕެނަލްޓީ ޖަހައިގެން ސުވިޓްޒަލެންޑް މޮޅުވެއްޖެ