އައްޑޫ ސިޓީއާ 933 ކިލޯމީޓަރު ދުރުން ފޯޅަވަހި ސަރަޙައްދަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި އެކަމަކު ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރުގައި އޮތް ފޯޅަވަހި ސަރަހައްދަށެވެ. މެޓް އޮފީހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުއެވެ. މިއީ މެދު މިންވަރެއްގެ ބިންހެލުމެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑަށް ނުރައްކާތެރި ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ.
މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކާތެރިކަމެއް ނެތްކަމުގެ ޔަގީންކަން މެޓް އޮފީހުން ވަނީ ދީފަ އެވެ.
ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ދެމެދު ހުރި ދުރުމިނަށް ބަލާއިރު، ސުނާމީއެއްގެ ނުރައްކާ ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން، މިކަމާ ގުޅިގެން އާންމު ރައްޔިތުން ހާސްވެ ކަންބޮޑުނުވުމަށް އިދާރާތަކުން އިލްތިމާސްކުރެ އެވެ.
އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކޮމިޓީއެއް
މާ ގިނައިން ކަސްރަތު ކުރުމަކީ ވެސް ގޯހެއް!
ޕެނަލްޓީ ޖަހައިގެން ސުވިޓްޒަލެންޑް މޮޅުވެއްޖެ
