2026 ގެ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި ގަދަ ވަމުންދާއިރު، ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ކަމަކީ ކުޅުންތެރިންގެ އަރައިގެން އުޅޭ ގަދަ ފިޔާތޮށި ކުލައިގެ ބޫޓު ތަކެވެ.
ދަނޑުގެ ފެހި ވިނަގަނޑު މަތިން، ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތައް ކުޅުންތެރިންނެއް މި ކުލައިގެ ބޫޓުގައި ފެނުމަކީ މިފަހަރުގެ މުބާރާތުގެ އެންމެ ބޮޑު އެއް "ފެޝަން ޓްރެންޑް" އެވެ.
މިއާއެކު އުފެދޭ ސުވާލަކީ އެހާ ގިނަ އަދަދެއްގެ ކުޅުންތެރިން މި ފެޝަން ޓްރެންޑް ގެންގުޅުމުގެ ފަހަތުގައި ވަކި ހާއްސަ ސަބަބެއް އެބަ އޮތްތޯ ކުރެވޭ ސުވާލެވެ.
1. ބޮޑެތި ބްރޭންޑްތަކުގެ ވާދަވެރިކަން
ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު މުބާރާތަށް ވުމުން، ނައިކީ އަދި އެޑިޑާސް ފަދަ ބޮޑެތި ކުންފުނި ތަކުން މި ފުރުސަތުގެ ބޭނުން ހިފަނީ އެމީހުންގެ އެންމެ އާ އުފެއްދުންތައް ދައްކާލުމަށެވެ.
ފިޔާތޮށި ކުލައަކީ ދުރުން ބަލާއިރުވެސް ލޮލުގައި އަޅައިގަންނަ، އަދި ކެމެރާތަކަށް އެންމެ ސާފުކޮށް ފާހަގަވާނެ ކުލައެއް ކަމަށްވާތީ، ބްރޭންޑްތަކުން ގަސްތުގައި މި ކުލަ އިހްތިޔާރު ކުރެ އެވެ.
2. ކުޅުންތެރިންގެ އަމިއްލަ ސްޓައިލް
މާޒީއާ ހިލާފަށް، މިހާރުގެ ކުޅުންތެރިން ދަނޑު މަތީގައި ތަފާތު އަދި "ބޯލްޑް" ކުލަތައް ބޭނުން ކުރަން ޖެހިލުމެއް ނުވެ އެވެ. ފިޔާތޮށި ކުލައިގެ ބޫޓަކީ ކުޅުންތެރިޔާގެ ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ޒުވާން ކުޅުންތެރިން ދެކެ އެވެ.
3. ސަޕޯޓަރުންގެ މެދުގައި އޮތް މަގްބޫލުކަން
މި ބޫޓުތައް ދަނޑުމަތިން ފެނުމާއެކު، މުޅި ދުނިޔޭގެ ފުޓްބޯޅަ ފޭނުންނާއި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މި ބޫޓުތައް ގަތުމުގެ ފޯރި ވަނީ ގަދަވެފަ އެވެ. ބޮޑެތި މެޗުތަކުގައި ތަރިން ލާ އެއްޗެހި ބޭނުން ކުރުމަކީ ސަޕޯޓަރުން އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅައިގެ މުބާރާތެއް ނޫނެވެ. އެއީ ކުޅިވަރުގެ ސާމާނު އުފައްދާ ކުންފުނިތަކުގެ އެންމެ ފަހުގެ ފެޝަން ދައްކާލާ ބޮޑު "ރަންވޭ" އެއް ވެސްމެ އެވެ.
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
ޓޭލާއާއި ޓްރެވިސްގެ ކައިވެންޏަށް ސިފައިން ނެރެފި
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން