ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި "ޒެންޑޭޔާ"އަކީ މިއަދު އާ ނަމަކަށް ނުވާނެ އެވެ. އެމީ އެވޯޑް ހާސި ލްކޮށްފައިވާ މި ހުނަރުވެރި ބަތަލާ، އޭނާގެ ފުރިހަމަ ނަމުގެ ބަދަލުގައި ހަމައެކަނި އެންމެ ނަމެއް ބޭނުން ކުރާތީ، ގިނަ ބައެއްގެ ހިތުގައި އޭނާގެ އަސްލު ނަމާ މެދު ސުވާލު އުފެދެ އެވެ.
ހާއްސަކޮށް މިފަހުން ބޭއްވި އިވެންޓެއްގައި ޒެންޑޭޔާގެ ލޯބިވެރިޔާ ޓޮމް ހޮލޭންޑް އޭނާއަށް "މޭރީ"ގެ ނަމުން މުހާތަބު ކުރުމުން އެ ސުވާލުތައް މިވަނީ އިތުރުވެފަ އެވެ.
ސުޕަސްޓާރުން ކަމަށްވާ ބިޔޯންސޭ އަދި ޝަކީރާ ފަދައިން، އެންމެ ނަމަކުން މަޝްހޫރު ވެފައިވާ ޒެންޑޭޔާގެ ފުރިހަމަ ނަމަކީ ކޮބައި ހެއްޔެވެ؟ އަދި އެ ނަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
ޒެންޑޭޔާގެ ފުރިހަމަ ނަން
ޒެންޑޭޔާގެ އަސްލު ފުރިހަމަ ނަމަކީ ޒެންޑޭޔާ މަރީ ސްޓޯމާ ކޯލްމަން އެވެ. އޭނާ އުފަންވީ ސެޕްޓެމްބަރު 1، 1996 ގައި ކެލިފޯނިއާގެ އޯކްލޭންޑް އަށެވެ. އޭނާގެ މައިންބަފައިންނަކީ ކެލްވިން ކޯލްމަން އަދި ކްލެއާ ސްޓޯމާ އެވެ.
ނަމުގެ ފަހަތުގައިވާ މުހިންމު ސަގާފީ މާނަ
ޒެންޑޭއާގެ ނަމަކީ ހަމައެކަނި ރީތި ނަމެއް ނޫނެވެ. އެ ނަމުގެ ފަހަތުގައި ފުން މާނައަކާއި އޭނާގެ އާއިލީ ތާރީހު އެކުލެވިގެންވެ އެވެ. ޒެންޑޭޔާ ކިޔައިދީފައިވާ ގޮތުގައި
- ޒެންޑޭޔާ: މި ނަން ނަގާފައިވަނީ އެފްރިކާގެ ޒިމްބާބުވޭގެ "ޝޯނާ" ބަހުންނެވެ. އޭގެ އަސްލު ބަހަކީ "ޖެންޑާޔާ" އެވެ. މީގެ މާނައަކީ "ޝުކުރުވެރިވުން" އެވެ. އޭނާގެ ބައްޕަ ބޭނުންވީ އެ ނަމަށް "ޒ" އެއް އިތުރުކޮށް، ވަކިން ހާއްސަ ގޮތަކަށް ނަން ބަދަލު ކޮށްލާށެވެ.
- މަރީ: މިއީ އޭނާގެ މަންމަގެ މެދު ނަމެވެ. ނަމަވެސް، މަންމަގެ ނަމާއި އޭނާގެ ނަން އިނގިރޭސި ބަހުން ލިޔާ ގޮތް ތަފާތުވެ އެވެ
- .ސްޓޯމާ އަދި ކޯލްމަން: މިއީ އޭނާގެ ޖަރުމަނު ދަރިކޮޅަށް ނިސްބަތްވާ މަންމަގެ ނަސްލު އަދި އެފްރިކަން-އެމެރިކަން ދަރިކޮޅަށް ނިސްބަތްވާ ބައްޕަގެ ނަސްލަވެ.
ހަމައެކަނި "ޒެންޑޭޔާ" ބޭނުން ކުރަން ފެށި ސަބަބު
ޒެންޑާޔާ ބުނި ގޮތުގައި އޭނާގެ ނަމުގެ ބާކީ ބައި ދޫކޮށްލައި، ހަމައެކަނި ފުރަތަމަ ނަން ބޭނުން ކުރަން ނިންމީ އެ ނަމަކީ ވަރަށް ތަފާތު އަދި "ކޫލް" ނަމަކަށް ވާތީ އެވެ. ޝޯ ބިޒްނަސްގެ ދުނިޔެއަށް ނުކުތްއިރު، މީހުންގެ ހިތްތަކުގައި އެ ނަން ފަސޭހައިން ހަރުލާނެކަން އޭނާއަށް ވިސްނުނެވެ. އޭނާގެ އެ ނިންމުން ވަނީ ކިތަންމެހާ ވެސް ރަނގަޅުކަން މިހާރު އެނގެ އެވެ.
ނަން ކިޔުމުގައި ދިމާވާ އާންމު އޮޅުމެއް!
ގިނަ ބަޔަކަށް ޒެންޑޭޔާގެ ނަން ކިޔުމުގައި ނުބައިކޮށް ކިޔެ އެވެ. ގިނަ މީހުން ކިޔަނީ "ޒެން-ޑާ-ޔާ" (އެވެ. ނަމަވެސް ބަތަލާ ވަނީ އެކަން ސާފުކޮށްދީފަ އެވެ. އޭނާގެ ނަން ކިޔަންޖެހޭ ރަނގަޅު ގޮތަކީ "ޒެން-ޑޭ-އާ" އެވެ.
ހަމައެކަނި އެންމެ ނަމަކުން ދުނިޔޭގެ ސަމާލުކަން ހޯދުމަކީ ހުރިހާ ތަރިންނަށް ލިބޭ ފުރުސަތެއް ނޫނެވެ. ޒެންޑޭޔާގެ ފުރިހަމަ ނަމުން އޭނާގެ މުއްސަނދި ސަގާފީ ފަސްގަނޑު ހާމަވާއިރު، ހަމައެކަނި "ޒެންޑޭޅާ" ގެ ނަމުގައި އޭނާ ހޯދަމުންދާ ކާމިޔާބީއަކީ ހޮލީވުޑްގެ ތާރީޚުގައި އަބަދަށް ފަވަމުންދާނެ ނަމެކެވެ.
ކެނެޑާ ބަލިކޮށް ސްވިޒަލެންޑް އެއްވަނައަށް
"ދެކުނު އޭޝިއާގައި އެންމެ ދަރަނި ބޮޑު ގައުމަކީ ރާއްޖެ"