ސްވިޒަލޭންޑުގައި ބޭއްވި މަޝްވަރާތަކުގައި ނިއުކްލިއާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކާފައި ނުވާނެ ކަމަށާއި، އިތުރު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، އާދީއްތަ ދުވަހު ސްވިޒަލޭންޑުގައި އެމެރިކާއާއެކު ބޭއްވި ބައްދަލުވުމުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ބަގާއީ ވިދާޅުވީ، ބައިނަލްއަގުވާމީ އެޓަމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އާއެކު އީރާނުން ބާއްވާ ގުޅުންތައް މިހާރުވެސް އޮތް އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް މިކަންކަން ކުރިއަށްދާނީ އީރާނުގެ މަޖިލީހުގެ ރުހުމާއި، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނިންމުންތަކާ އެއްގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެދުވެރިންގެ ދައުރު އަދާކުރާ ގަތަރާއި ޕާކިސްތާނުން ހާމަކުރި ގޮތުގައި، ސްވިޒަލޭންޑުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކުގެ ފުރަތަމަ ދުވަހު ލިބުނު އުންމީދީ ކުރިއެރުންތަކަށް ފަހު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި އެމެރިކާއާއި އީރާނުން "ރޯޑްމެޕް" އަކަށް ވަނީ އެއްބަސްވެފަ އެވެ.
މަޝްވަރާއަށް ފަހު އީރާނަށް ސާފުނުކުރާ ތެލާއި އެއާ ގުޅުންހުރި އުފެއްދުންތައް އުފެއްދުމާއި، ވިއްކުމާއި އަދި އެކި ތަންތަނަށް ފޮނުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އޮގަސްޓް 21 ގެ ނިޔަލަށް ވަގުތީ ލުޔެއް ދީފައިވާ ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ސޮއިކުރެވުނު 14 ނުކުތާގެ މައްޗަށް އެކުލެވޭ ފަހުމުނާމާއެއްގެ ދަށުންނެވެ. މި ފަހުމުނާމާއަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެކުލަވައިލި އޮނިގަނޑެއް ކަމަށާއި، މިއީ އިތުރު މަޝްވަރާތަކަށް މަގުފަހިކުރުމަށް އެޅުނު ބިންގަލެއް ކަމަށްވެސް އެ ގައުމުތަކުން ފާހަގަކުރެ އެވެ.
ފުރުޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިފި
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!