ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
އުމުރުން 77 އަހަރުވެފައިވާ އެމަނިކުފާނުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ ކޮވިޑްގައި ސީރިއަސްވާ މީހުންނަށެވެ. މީގެކުރިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މާލޭގައި ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ދުވާލަކު 400 އަށް ވުރެ ގިނަ މީހުން މިހާރު މާލެ އިން ޕޮޒިޓިވްވެ އެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 8000 އިން މަތީގަ އެވެ. އަދި 230 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެ އެވެ.
ސިފައިންގެ އަދަދު މަދުވެ، އިޒްރޭލުގެ ލަޝްކަރު ރޫޅި ބައިބައި ވަނީ
މޫނުގެ ހަން ހިކޭނަމަ މި އުފެއްދުންތައް ބޭނުން ނުކުރާތި!
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް
