ދިވެހި އޮންލައިން ވިޔަފާރިވެރިންނާއި ފްރީލާންސަރުން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން ގެނެސް، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޭޕަލްގެ ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ކަނޑައަޅާފައިވާއިރު، މި ހިދުމަތް ފެށުން ކުޑަކޮށް ލަސްވެގެން ދިޔައީ އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ފުރިހަމަކުރުމަށްޓަކަ އެވެ. ނަމަވެސް އުރީދޫން ވަނީ އެ ކުންފުނީގެ ނިޒާމުތައް އިތުރަށް ވަރުގަދަކޮށް، މި އަހަރުގެ ކުރީކޮޅު އެ ހުރިހާ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތް ނިންމާފަ އެވެ. މިކަމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ދޫކޮށްފަ އެވެ.
މި ހިދުމަތުގެ ސަބަބުން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ނިދި ގުރުބާން ކޮށް މެޗުތައް ބަލާ މީހުންނަށް މާހިރުންގެ އިންޒާރެއް
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު